ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއްގައި ހިނގައި ސައިކަލުތަކަކަށް ގެއްލުންވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ މިއަދު 07:50 ކަންހާއިރު އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ކަމަށެވެ.
އެ އެކްސިޑެންޓްގައި ޕާކު ކޮށްފައި ހުރި ހަ ސައިކަލާއި އަދި ކާރަކަށް ގެއްލުން ލިބުނު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް ވެހިކަލްތަކަށް ލިބުނު ގެއްލުންތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ކާރު ދުއްވަން އިން މީހާއަށް ވެސް ގެއްލުންވިކަމެއް ސާފެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު