ރ. ފައިނު އެއަރޕޯޓް ތަރައްޤީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު އްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ވެވުނު މި އެއްބަސްވުމުގެ ދަށުން އެމް.ޓީ.ސީ.ސީން އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން ބުނީ މި މަޝްރޫއަކީ، ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއް އެއަރޕޯޓު ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް އެމް.އޭ.ސީ.އެލްގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ޕީ.އެން.ސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާޙް ވިދާޅުވީ ރ. އަތޮޅުގައި ޓުއަރިޒަމް ތަރައްޤީވެ، ރާއްޖޭގެ ޓުއަރިޒަމްގެ މުހިއްމު ހަބަކަށް ރ. އަތޮޅު ވެގެންދާނެ ކަމަށެވެ. އަދި މި އެއަރޕޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމް.ޓީ.ސީ.ސީއާއި އެކު މި ވެވޭ އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުތަކުގައި މި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެމް.ޓީ.ސީ.ސީއިންވެސް ވަނީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމުގެ މުހިއްމު ކަމާއި އެކަމަށް އެމް.ޓީ.ސީ.ސީ އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު