ބ. މާޅޮހު ބަނދަރު ތަރައްގީކޮށް، ގޮނޑުދޮށް ހިމާޔަތް
ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ 68 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ގާ އެތެރެކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން، 7512 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 36,526 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އަލުން ފުންކުރުމާއި، 882 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބުރިޖެއް ހެދުމާއި، 1475 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 69.47 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލިކޮށްފައިވާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު