ގައުމުގެ ކަންކަން ހަމަމަގަށް އަޅުވައި ގައުމު ތަރައްގީ ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދު ކުރާކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިހެން ބުނެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ރަށަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ކުޑަހުވަދޫ ކައުންސިލުން ބުނީ، ރައީސް އެ ރަށަށް ކުރައްވާ މި ދަތުރުފުޅަކީ އެ ރަށުގެ ރައްޔިތުންގެ ހުވަފެންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ދަތުފުޅެއް ކަމަށެވެ. އަދި ގައުމު ތަރައްގީކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ކައުންސިލުން ތާއީދުކުރާ ކަމަށާއި އެ ކަމުގައި ދެން އެންމެ މުހިންމީ ތަރައްގީގެ މަސައްކަތްތައް ފެށުމަށްފަހު ނުހުއްޓި ކުރިއަށް ކުރިއަށް ދިޔުން ކަމަށްވެސް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި އެ ރަށު ކައުންސިލްގެ ފަރާތުން ވަނީ ބޭނުންވާ މުހިންމު ބައެއްކަންކަން ފާހަގަކޮށްފައެވެ. އެގޮތުން، ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހައްދަވައިދެއްވުމަށާއި، މަސް ފެކްޓްރީއެއް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރިއެވެ.
ބައްދަލުވުމުގައި ރައީސް ވަނީ އެ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު