ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފުލެޓްތަކުގެ ހަތަރު ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ އާބާދީއާ ބަލާއިރު އެތަނުގައިހުރި ލިފްޓްގެ އަދަދު މަދުވުމަކީ ގިނަބަޔަކު ކުރާ ޝަކުވާއެކެވެ. އަދި އެކަމުގެ ދަތިކަން ތަނުގެ ބޭނުންކުރާ ފަރާތްތަކުން ދަނީ ތަހައްމަލު ކުރަމުންނެވެ.
އެކަމަށް ހައްލެއް ހޯދުމަަށް އެޗްޑީސީން މިހާރު މަސައްކަތްތަކެއް ފަށާފައިވާއިރު، 16 ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެގޮތުން ހުރިހާ ޓަވަރެއްގައި ވެސް ހަދަންޖެހޭ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެކަމަށް އެޗްޑީސީން ބުނެއެވެ.
މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާއެވެ.
މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، އެންމެ ފުރަތަމަ ނިމޭނީ އެޗް1-އެޗް4 ގައި، ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރުމެވެ. އެ މަސައްކަތް އަންނަ އޭޕްރީލް މަސް ނިމުމުގެ ކުރިން ފުރިހަމަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބާކީ ހުރި ޓަވަރުތަކުގައި ލިފްޓުތައް ހަރުކޮށްނިމޭނެ ދުވަހެއް އަދި ޔަގީން ނުވާކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
މިފަހަރު ހިޔާ ފުލެޓްތަކުގައި ހަރުކުރަނީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު