ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް އަޅަން ސޮއިކުރުން--
ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް އަޅަން ސޮއިކުރުން--
ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް އަޅަން ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ރޭ ބޭއްވި ހާއްސަ ރަސްމިއޔާތެއްގައި އިކޮނޮމިކް މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރިޓާޔަޑް މުހައްމަދު ރިޝްވާން އެވެ.

އެމްޕީއެލުން ބުނީ އެ ޕޯޓުގެ މައިގަނޑު މަގުސަދަކަށް ވާނީ ޕޯޓް ޓު ޕޯޓު ލޮޖިސްޓިކް ކަމަށެވެ. އެއާއެކު ކުޑަހުވަދޫގައި މުސްތަގުބަލުގައި ޑިސްޓްރިބިއުޝަންގެ ހަބެއްގެ ގޮތުގައި ތަރައްގީވެ އިގުތިޞާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ މަގުތައް ފަހިވެގެންދާނެ ކަމަށް ވެސް އެމްޕީއެލުން ބުނެފައި ވެއެވެ.

އެ ޕޯޓު ތަރައްގީކުރަން ނިންމާފައިވަނީ ޕޯޓުގެ އެކިއެކި ހިދުމަތްތައް ލިބޭ ގޮތަށް ކަމަށް ވެސް އެމްޕީއެލުން ބުނެފައި ވެއެވެ.

"އަދި ކުރިއަށް އޮތް ތަނުގައި ކުޑަ ހުވަދޫގައި ބޮންޑެޑް ވެއާ ހައުސް ހަދައި އިތުރު ހިދުމަތްތައް ތައާރަފްކުރުމަކީ މި ކުންފުނީގެ ވިސްނުމެކެވެ." އެމްޕީއެލުން ބުނެފައި ވެއެވެ.

ކުޑަހުވަދޫއަކީ އާބަން ސެންޓަރެއް ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމާފައިވާ ހަތް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން