ދިވެހި މުޖުތަމައު އިސްލާހު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިިފި އެވެ.
ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ ދ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެގޮތުން ރައްޔިތުންނަށް މަސްދަޅު ކޭސް ބައްސަވަން ފެއްޓެވުމާ ގުޅިގެން ފަތުރަމުންދާ އަޑުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ ދޮގު ހަބަރު ފެތުރުމުގެ ނުބައިކަން ފަހަގަކުރައްވައިފަ އެވެ. އަދި ދޮގު ހަބަރު ރައްދުވެއްޖެ މީހާގެ އަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ގުރުއާނާއި ހަދީސްފުޅުން ރައީސް ހެކި ދެއްކެވި އެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެން ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް ކަމަށެވެ. އަދި މުސްލިމުން އުޅެންވާގޮތް، ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާކަން ރައީސް ހަނދާންވެސް ކޮށްދެއްވި އެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމަުގައި ވަނީ ފެތުރިފަ އެވެ.
އެހެންވެ މި ރަމަޟާން މަހު، އަމިއްލަ ނަފުސުތައް އެކަމުން ތާހިރުކުރުމަށް އަޒުމު ކަނޑައެޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ހުރިހާ މަންސައެއްގައިވެސް ދޫ ރައްކާތެރިކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ގައުމީ ތަރައްގީއަކީ ފިކުރީ ތަރައްގީއާއި ހިތާއި ސިކުނޑީގެ އަދި ނަފުސުގެ ތަރައްގީކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު