އުތުރުގެ ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނެފައިވަނީ އުތުރުގެ ބައެއް ރަށްރަށުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިން ރަށެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ މިވަގުތު މަސައްކަތް ކުރިއަށްދާ ތިން ރަށަކީ ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ ހއ. އިހަވަންދޫ ކަމަށެވެ.
ތަރައްގީއަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ދިއްދޫގައި ކުރިއަށް ގެންދަނީ އެރަށު ހަނދުބަލާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ފިލާވެރި ހިނގުމުގައި ދުވާރުގެ މަސައްކަތެވެ.
އަދި ކުޑަހުވަދޫ ސިޓީގައި ކުރިއަށް ދަނީ އެރަށު ލައިނޫފަރު މަގު އަދި ސަހަރާ މަގުގައި ދުވާރުގެ މަސައްކަތާއި، ކާސްޓިން ޔާޑު ސާފު ކުރުމުގެ މަސައްކަތެވެ.
މީގެ އިތުރުން އިހަވަންދޫގައި ކުރިއަށް ގެންދަނީ އެރަށު ނާރެސް މަގުގައި ނެޓްވޯކް ކޭބަލް އެޅުމުގެ މަސައްކަތާއި، ބެކް ފިލިންގ ހަދާފައިވާ ސަރަހައްދުތަކުގައި މަގު ސާފު ކުރުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު