ކައިވެނި ކުރަންވާނީ ދެފަރާތުންވެސް އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން- ފޮޓޯ: ގޫގުލް
ކައިވެނި ކުރަންވާނީ ދެފަރާތުންވެސް އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން- ފޮޓޯ: ގޫގުލް
ކައިވެންޏަކީ ވަރަށް މާތް މަގްސަދެއްގައި، މުޅި އުމުރު ދުވަހު އެކުގައި އުޅުމުގެ ނިޔަތުގައި ކުރާ ކަމެކެވެ. ކައިވެންޏެއް ފަށައި އާއިލާއެއް ބިނާކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

ނަމަވެސް ކައިވެންޏަށް ތައްޔާތު ނުވަނީސް އަވަސް އަރުވައިގެން ކައިވެނި ކުރުމުގެ ސަބަބުން އެ ކައިވެންޏެއް މާ ގިނަ ދުވަސްތަކެއް ނުވެ ރޫޅާލަން ޖެހިދާނެއެވެ. ވީމާ ކައިވެންޏަށް ތައްޔާރުވެހުރެ އެކަން ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

މިފަހަރު މި ހިމަނާލަނީ ކައިވެންޏަކަށް ތައްޔާރު ނޫންކަން ދައްކުވައިދޭ ބައެއް ނިޝާންތަކެވެ.

އަމިއްލަ ނަފްސުދެގެ ލޯބިވުމުގައި ދަތިތަކެއް ހުރުން

އެމީހެއްގެ އަމިއްލަ ނަފްސުދެކެ ލޯބިނުވާނަމަ، އެހެން މީހަކު ދެކެ ލޯބިވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ ދުޅަހެޔޮ ގުޅުމެއް ބިނާކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

ހަޔާތުގައި އިސްކަންދޭން ޖެހޭ އެހެން ކަންތައް ހުރުން

ތިބާގެ ހަޔާތުގައި އިސްކަން ދޭން ޖެހޭ އެހެން ކަންތައް ހުރުމަކީވެސް ކައިވެނީގެ ގުޅުމެއް ފަށަން ތައްޔާރު ނޫން ކަމުގެ ނިޝާނެކެވެ. މިސާލަކަށް ތިބާގެ ހަޔާތުގައި މިވަގުތު ވަޒީފާ ނުވަތަ ކިޔެވުން ފަދަ ކަންތައްތަކަށް އިސްކަންދޭނަމަ، ގުޅުމަކަށް ވަގުތު ދިނުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އަދި މިފަދަ ހާލަތެއްގައި ކައިވެނި ކޮށްފިނަމަ، ދެމެފިރިންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެ، ވަރިވާންވެސް ޖެހިދާނެއެވެ.

ކުރީގެ ގުޅުންތަކުގެ ސަބަބުން ހިތްދަތިވުން

ތިބާގެ ކުރީގެ ގުޅުންތަކުގެ ސަބަބުން އަދިވެސް ހިތްދަތިވާނަމަ، ކައިވެންޏެއް ފެށުމަކީ އެހާ ރަނގަޅު ކަމަކަށް ނުވެދާނެއެވެ. މިފަދަ ހާލަތެއްގައި ކައިވެންޏެއް ފެށުމުގެ ބަދަލުގައި ކުރީގެ ގުޅުންތަކުން ލިބުނު ތަޖުރިބާތަކުން އަރައިގަތުމަށް އަމިއްލަ ނަފްސަށް ވަގުތު ދިނުމަކީ މުހިންމު ކަމެކެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން