މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަށްވަމުން ގެންދެވުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދަށް ތާވަލު ކޮށްގެން ކުރިއަށްގެންދާ ދާޚިލީ ވަޒީރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރު ޖަވާބުދާރީވަމުން ދަނިކޮށް މީކާއީލް ވަނީ އެކި ފަހަރު މަތިން ނިޒާމާ ބެހޭ މައްސަލަ ނަންގަވާފައެވެ.
އެގޮތުން ވަޒީރުގެ ވާހަކަފުޅަށް ހުރަސް އެޅޭފަދަ ގޮތަށް މީކާއީލް ޢަމަލު ކުރަށްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެގޮތަށް އެކަން ނުކުރެއްވުމަށް މީކާއީލަށް ދަންނަވާފައެވެ. ނަމަވެސް މީކާއީލް ވަނީ ތަކުރާރުކޮށް ތަޅުމުގައި އަޑުގަދަ ކުރަށްވާފައެވެ.
އެހެންކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއް ރަޙީމް މީކާއީލްގެ ނަން އިއްވާފައި ވަނީ ތިން ފަހަރު ނަސޭހަތް ދިނުމަށްފަހުއެވެ.
މިއަދު މަޖިލީހުގެ ތަޅުމުން މީކާއިލް ބޭރުކޮށްފައި ވަނީ އަމިއްލައަށް ނިކުމެ ވަޑައިނުގެންނެވުމުން މަޖިލީހުގެ ސެކިއުރިޓީން މެދުވެރި ކޮށްގެންނެވެ.
އެމްޑީޕީން އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސްގައި ހުރި ރައްޔިތުންގެ މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އިޙްސާން ވަނީ އެތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތްކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު