މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއްް ގާއިމުކުރުމުގެ މައްސަލައިގައި އިހުމާލުވެފައިވާތީ ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެދޭނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހުގައި ޖަވާބުދާރީވެވަަޑައިގެން މިނިސްޓަރު ވަނީ ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ ގޮތަށް ބެސްޓިނެޓްއާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދަން ނިންމި ނިންމުން ދިފާއު ކުރައްވައިފަ އެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތުކުރި ގޮތުގައި ބެސްޓިނެޓްއާއެކު އެއްބަސްވުން ކުރިއަށް ގެންދަން ނިންމީ ގެއްލުންވާ ގޮތަށެވެ.
ނަމަވެސް މިނިސްޓަރު މިއަދު ވިދާޅުވީ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމާއެކު އާމްދަނީ 700 މިލިއަނުން 1.3 ބިލިއަން ރުފިޔާއަށް މައްޗަށް ޖައްސާލެވޭނެ ކަމަށެވެ.
އަދި 400 އަށް ވުރެ ގިނަ މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އިދިކޮޅުން ބުނިނަމަވެސް އެކަމުން ލިބޭނީ 500 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ފައިދާއެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބެސްޓިނެޓްއާއެކު ވި އެއްބަސްވުމަށް އަމަލުނުކުރާތީ އެ ކުންފުނިން 13.7 މިލިއަން ޑޮލަރުގެ ބަދަލަކަށް އެދި ކުރީ ސަރުކާރުގެ ވެރިކަމުގައި ސިޓީ ފޮނުވުމުން އެއަށް ޖަވާބު ދާރީވެސް ވެފައި ނުވާ ކަމަށެވެ.
"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފަ ގޮއްސަ މިދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރު ތެރޭގައި މި މައްސަލައަށް އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީވެ (ގާނޫނުލްއުގޫބާތުގެ) 517 ވަނަ މާއްދާގައި އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް މިކަން އެނގިތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން،" އިހްސާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު