ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
މި މައްސަލައިގެ ބަހުސް މަޖިލީހުގައި ފަށާފައި މިވަނީ މި މައްސަލައާމެދު ޕީއެންސީގެ މެންބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މި ބިލާ ގުޅޭގޮތުން އިއްޔެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގައި ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. އެ މަޝްވަރާތަކުގައި ބައެއް މެންބަރުން އެކަމަށް ދެކޮޅު ހެދިއިރު، އަނެއްބައި މެންބަރުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގޮތަށް އެދިވަޑައިގަންނަވާނަމަ އެގޮތަށް ކުރިއަށްދާން ވޯޓު ދެއްވާނެކަމަށެވެ.
އެ ބިލާ ގުޅޭ ގޮތުން، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެ ޕާޓީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ބިލު މަޖިލީހުން ބަލައިގަނެ އެ ބިލަށް ޕީއެންސީގެ ޕީޖީން ތާއީދު ކުރާން ޕީއެންސީ ލީޑާޝިޕުން ނިންމައިފައިވާ ކަމަށެވެ. އަދި މި ބިލު ބަލައިގަތުމަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވުމަށް ފަލާހު ވަނީ އެދިވަޑައިގެންފަ އެވެ.
މެންބަރު ސައްތާރު ހުށަހަޅުއްވާފައިވާ ބިލްގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ތިރިކުރަން ނިންމައިފިނަމަ ވަކިކުރަންޖެހޭ ދެ ފަނޑިޔާރުގެ ނަން، ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންވާނެ ކަމަށެވެ.
އަދި މަޖިލީހުން 7 ދުވަހުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު