ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާމެދު މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު އުފެއްދުމަކީ ކަންބޮޑުވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލަށް މިއަދު ބަހުސް ކުރަށްވަމުންނެވެ.
އެގޮތުން ނާޒިމް ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް މަޖިލީހުން ފާސް ނުކުރެވޭނެ ކަމަށާއި އެފަދަ ބިލެއް މަޖިލީހަށް ބަލައި ވެސް ނުގަނެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ޤާނޫނެއް މަޖިލީހުން ފާސްކޮށްފާނެ ކަމަށް ދޭހަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ސުވާލު އުފައްދަވާފައިވާ ކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު މަޖިލީހަށް ޤާނޫނު ހެދޭނީ ގާނޫނުއަސާސީގެ ތިންވަނަ ބާބުގެ 70 ވަނަ މާއްދާގެ ށ. ގެ އިމުގެ ތެރޭގައި ކަމަށާއި އެއީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިންކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
“މަޖިލީހުގެ އިމްތިޔާޒުތަކާ ދޭތެރޭވެސް މިހާރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު އުފެއްދިތަން ފެނިގެން ދިޔަ. އެ ސުވާލަކީ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާން ކޮށްފައި ވަނިކޮށް ރާއްޖޭގެ ދީނަކީ އިސްލާމް ދީން ނޫންކަމަށް މަޖިލީހުން ނިންމައިފިއްޔާ ދެންވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭހެެއްޔޭ.” ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން މިއީ ސުޕްރީމް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންނާމެދު މަޖިލީހުން ވިސްނަންޖެހޭ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެއިތުރުން ސުޕްރީމް ކޯޓުން މިހާރުދަނީ ސިޔާސީ އޮއިވަރަށް ލެނބެމުން ކަމަށާއި، އަދި ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބި ކަމުގެ ސިގްނަލްތައް ދެމުންދާ މަންޒަރު ފެންނަކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ޕީއެންސީގެ މެންބަރަކު ހުށައެޅުއްވި މި އިސްލާޙާމެދު ޕާޓީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވަނިކޮށް އެބިލަށް ހުރިހާ މެންބަރުން ތާޢީދު ކުރެއްވުމަށް ޕާޓީގެ ލީޑަރޝިޕުން މިހާރު ވަނީ މެންބަރުންނަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު