މިނިސްޓަރު އިހުސާން--
މިނިސްޓަރު އިހުސާން--
ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައިކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ޖަވާބު ދާރީވެވަޑައިގެން މިނިސްޓަރު ވަނީ ފުލުހުން ހިންގާ ތަހުގީގުތަކަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ.

އަދި އިދިކޮޅުން ކުރާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

”އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ޖަލުގައި ތިބޭނެ. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭބޭފުޅުން މިހާރު ވެސް މިނިވަންކަމާއެކު ތިބީ،“ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭގެ މާނައަކީ ކަމެއް ގޯސްކޮށް ނުހިނގުން ނޫން ކަމަށާއި އެފަދަ ކަންކަމާ ގުޅޭ ތަހުގީގުތައް ދައުލަތުންވެސް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ފުލުހުންނަށް ގާނޫނުގެ ތެރެއިން ލިބޭ ބާރުގެ ތެރެއިން ސްޕީޑުގައި އެކަން ކުރަމުން ގެންދާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒެއް ނުފޮރުވާނަން، ފޯރުވާކަށް ނުވެސް ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން