ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ވަޒީރު އަލީ އިހުސާނުގެ އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީން އިޙްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސްގައި ހުރި ރައްޔިތުންގެ މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ.

މި މައްސަލާގައި ވަޒީރު އިޙްސާނު މަގާމުން ވަކިކުރަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ. އަދި އިޙްސާނަށް އިތުބާރު އޮތްކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ.

މި މައްސަލާގައި މިއަދު މަޖިލީހަށް އިޙްސާންވަނީ ޖަވާބުދާރީވެ ވަޑައިގަންނަވާފައެވެ.

އެގޮތުން އެމްޑީޕީގެ ތުހުމަތުތައް ދޮގުކުރަށްވަމުން އިޙްސާން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާ ބޭނުން ކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދިނަމަ ހޯމް މިިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހުށަހަޅާނީ އެންމެ 1،700 ފޯމު ނޫން ކަމަށެވެ.

އޭގެ އިތުރުން އެމްޑީޕީން ސުވާލު އުފައްދާފައިވާ ލިސްޓަކީ 2014 އިން ފެށިގެން އިންތިޚާބުތަކުގައި ޢާއްމުކޮށް ހުރިހާ ޕާޓީއަކުންވެސް ބޭނުންކުރާ ލިސްޓެއްކަމަށް އިޙްސާން މިއަދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން