ރިނބުދޫގައި ހުންނަ މިސްކިތް-- ފޮޓޯ/ ރަސް އޮންލައިން
ރިނބުދޫގައި ހުންނަ މިސްކިތް-- ފޮޓޯ/ ރަސް އޮންލައިން
ދ. ރިނބިދޫގައި އާ މިސްކިތެއް އަޅައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ދ. އަތޮޅަށް ރައީސް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ ރިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިނބުދޫގައި އެންމެ ފަހުން މިސްކިތެއް އެޅީ 1992 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ފަހުން 30 އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އާ މިސްކިތެއް އޮތީ ނޭޅިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދިވެހީންނަކީ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، ފަހުރުވެރި ބަޔަކަށްވާ އިރު ރަށްރަށުގައި ރަނގަޅު ފެންވަރުގެ މިސްކިތް އެޅިފައި ހުންނަން ޖެހޭނެ ކަމަށެވެ.

އެހެންވެ މި އަހަރުގެ ބަޖެޓުން ރިނބުދޫގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އެޅުމުގެ މަސައްކަތް، އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިނބުދޫގައި މިހާރު ހުންނަނީ ދެ މިސްކިތެވެ. އޭގެ ތެރެއިން އެއް މިސްކިތަކީ އާސާރީ މިސްކިތަކަށްވާތީ އެތަނުގައި ނަމާދެއް ނުކުރެ އެވެ.

ކުރިން 700 އިން މަތީގެ އާބާދީއެއް ރިނބުދޫގައި އޮތް ނަމަވެސް ސުނާމީއަށް ފަހު އެ ރަށުގެ ބައެއް މީހުން އެހެން ރަށްތަކަށް ބަދަލުވުމުން އާބާދީ ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. އެ ރަށުގައި މިހާރު ދިރިއުޅެމުން ދަނީ 350 ވަރަކަށް މީހުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން