ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސީއީއޯ އަޙްމަދު އަނީސް މަގާމުން އަދި ވަކިނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭގައި ފުލެޓް އެޅުމަށް ޕޮލްކޯއިން ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުތަކާ ގުޅިގެން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އަނީސް މަގާމުން ވަކިކުރި ކަމަށް ބައެެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އަނީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހަޅާފައިވާތީ މިދިޔަ އާދިއްތައިން ފެށިގެން އޭނާ ހުރީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ކަމަށެވެ.
ބޯޑުން އެ ނިންމުން ނިންމިއިރު ޕޮލްކޯގެ ހިންގުމުގެ ޒިންމާ ސެކެޓްރީ ޖެނެރަލް އިބްރާހިމް ހަލީލްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލެޓްތަކުގެ ކޮަރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ބަލަމުންދާ އިރު ޕޮލްކޯއިން 2013 ވަނަ އަހަރު ހިންގި ފްލެޓް މަޝްރޫއުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މަޝްރޫއު ހިންގަން ހަވާލުކުރި ނޫމަޑިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި އައިލެންޑް އެކްސްޕާޓްސް އިން ޕޮލްކޯގެ އޭރުގެ ވެރިންނަށް އަގުބޮޑު ކާރުފަދަ ވެހިކަލް ފަދަ ތަކެތިވެސް ދީފައިވާކަމަށް އޭސީސީން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު