ދ. މީދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ
ދ. މީދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ
ދ. މީދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

މީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް (ރިޓަޔާރޑް) އަޙްމަދު ސައުދީއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރުގެ 62 މީޓަރު ބޭރު ތޮށިޖެހުމާއި، 254 މީޓަރުގެ ރިވެޓްމެންޓާއި 240 މީޓަރުގެ އެއްގަމުތޮއްޓާއިއެކު ސޭންޑްފިލް ބްރޭކްވޯޓަރެއް ގާއިމް ކުރުން ހިމެނެއެވެ.

މީގެ އިތުރުން 316 މީޓަރުގެ ރިވެޓްމެންޓާއެކު ސޭންޑް ބިލްޓް ބްރޭކްވޯޓަރަކާއި، 2 ވޯކްވޭ ބްރިޖު (18 މީޓަރު ދިގު، ތިން މީޓަރު ފުޅާ އަދި 182 މީޓަރު ދިގު، 2 މީޓަރު ފުޅާ) އެޅުމާއި، ޓީޖެޓީ ސަރަހައްދުގައި ޕޭވްމަންޓު އެޅުމުގެ އިތުރުން 16 ބަނދަރު ބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް 41.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން