އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް- ފޮޓޯ: ގޫގުލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް- ފޮޓޯ: ގޫގުލް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓު ދޭން ޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަކަށް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ވޯޓުގައި ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހުން ނޫން ކަމަށާއި، އެކަން ފާސްކުރަން ޖެހޭނީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުން ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ނުދީގެން ޕީއެންސީގެ ފިޔަވަޅުއަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެމްބަރަކު އަލުން އިންތިހާބު ކޮށްދިނުމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އަމަލު ކުރާނެކަމުގެ ޔަގީންކަން އެ މެމްބަރުންނަށް ދެއްވާ ކަމަށެވެ.

އަދި ރައްޔިތިންގެ ހައްގުގައި ސާބިތުކަމާއެކު ދެމިތިއްބެވުމަށްވެސް ފައްޔާޒު ވަނީ މެމްބަރުންނަށް ގޮވާލައްވާފައެވެ.



ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓެއް ނަގާފައި ވަނިކޮށެވެ.

މި ވޯޓުގައި ބައިވެރި ނުވެ، ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ވަނީ ބުނެފައެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދެވެ. މި ބިލް މަޖިލީހަށް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކުއެވެ.

މި ވޯޓުގެ ކުރިން ޕީއެންސީއިން ވަނީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފައެވެ. ނަމަވެސް، ވޯޓު އޮތް ގަޑީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ތަޅުމަށް ވަޑައިނުގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން