ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޕީއެންސީގެ 11 މެމްބަރަކު ބައިވެރިނުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މިއަދުގެ ވޯޓުގައި ޕީއެންސީގެ 11 މެމްބަރުން ބައިވެރިނުވިކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން ފަލާހު ވިދާޅުވީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިނުވިކަމަށް މީޑިއާތަކުން ނަން ހާމަކޮށްފައިވާ ޕީއެންސީގެ 11 މެމްބަރުންގެ ތެރެއިން 9 މެމްބަރަކަށް ވޯޓުގައި ބައިވެރި ނުވެވުނީ މިވަގުތު ޕާޓީގެ ދަތުރުތަކުގައި މާލެއިން ބޭރުގައި އުޅުއްވާތީ ކަމަށެވެ.
އަދި ދެންތިބި ދެ މެމްބަރުން ވޯޓުަގައި ބައިވެރި ނުވި ސަބަބު ޕާޓީން ބަލާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު 5 އަށް މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން އޮތީ ވިޕެއް ނެރެފައެވެ. ނަމަވެސް މިއަދު ނެގި ވޯޓުގައި އެ ޕާޓީގެ 11 މެމްބަރަކު ބައިވެރި ނުވާކަމަށް ބުނެ މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
ޕާޓީގެ ވިޕްލައިނާ ހިލާފްވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން މިއަދު ވަނީ ބުނެފައެވެ.
ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްފައިވާއިރު، އެ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ.

— Ibrahim Falah (@IbrahimFalahR) February 25, 2025

ކިޔުންތެރިންގެ ހިޔާލު