ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލު ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ބިލުގެ ބަހުސް މިއަދު ފަށައި ނިންމާލައިފައިވާ އިރު ބިލުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރުމަށެވެ. މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ ހަތް ބޭފުޅުން ނެވެ.
މި ބިލު މަޖިލީހުން މިއަދު ބަލައިގަނެ، ކޮމިޓީއަށް ފޮނުވީ ޕީއެންސީގެ 64 މެންބަރުންގެ ވޯޓުންވެެ.
މި ބިލް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ހަވީރު ބައްދަލުވުމެއް ބާއްވާފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ބިލު ނިންމުމުގެ ސުންގަޑިއެއްގެ ގޮތުގައި އޭޕްރިލް މަހުގެ 25 ކަނޑައަޅައި ދިނުމަށެވެ. މި ހުށަހެޅުމަށް އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު، ހިތަދޫ ދެކުނު ދާއިރާގެ އިބްރާހީމް ނާޒިލް ތާއީދު ކުރެއްވިއެވެ.
އެއަށްފަހު ޕީއެންސީގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ބިލުގެ މަސައްކަތް މިއަދުން މިއަދަށް ކުރިއަށްގެންގޮސް، ދިރާސާކޮށް ވަކި ގޮތަކަށް ނިންމައި ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ތާއިދު ކުރެއްވިއެވެ.
އެ ހުށަހެޅުންތަކުގެ ތެރެއިން ފާސްވީ މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ ހުށަހެޅުމެވެ. ޕީއެންސީގެ ހުށަހެޅުން ފާސްވީ 6 ވޯޓުގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީ ބައްދަލުވުމުގައި ޕީއެންސީން ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަކީ މީގެ ކުރިން ވެސް ކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.
ބިލުގައިވާ ގޮތުން ފަނޑިޔާރުންގެ އަދަދު ފަހަކަށް ކުޑަކުރަން ނިންމައިފިނަމަ ވަކިކުރަންޖެހޭ ދެ ފަނޑިޔާރުގެ ނަން، ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު