ރައްޔިތުންގެ ބާރަކީ ގަދަ ބާރެއް ކަމަށާއި މި ވެރިކަން ރައްޔިތުން ބަދަލުކުރާނެކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ހުށަހެޅި އިރު ދެއްކި ވާހަކައާ ބަހުސްގައި މެންބަރުން ދެއްކި ވާހަކައާ އަދި ކުރަން އުޅޭ ކަންތަކާ ތަފާތު ކަމަށެވެ.
އެގޮތުން، މެންބަރުންގެ ވާހަކައިގެ ތެރެއިން މި ބިލުގެ ބޭނުމަކީ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުންކަމަށް ވިދާޅުވެފައިވާ ކަމަށާއި މި ސަރުކާރަކީ ދޮގާއި އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރޭގައި ނޫނީ އެއްވެސް ކަމެއް ކުރަން ނޭނގޭ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓާ މެދު، މިއަދު އެ ކުރަން އުޅޭ ކަންތައް އެއީ އޭގެ ފެށުމުގައިވެސް ބާތިލު ކަމެއް ކަމަށާއި ނިމުމުގައިވެސް ބާތިލު ކަމެއް ކަމަށެވެ. އަދި އެކަމުގައި އެއްވެސް ކާމިޔާބީއެއްވެސް ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރިގޮތުން ރައްޔިތުން މި ސަރުކާރު ބަލިކުރާނެކަން އެއީ މެންދުރުގެ އިރުފަދައިން އެނގޭކަމެއް ކަމަށެވެ. އަދި ކިތަންމެ ހުދުމުހުތާރުކޮށް ސަރުކާރުން ކަންކަން ކުރިނަމަވެސް، ރައްޔިތުންގެ ބާރު ރައްޔިތުން ހާމަކުރާނެ ކަމަށާއި ރައްޔިތުން މި ވެރިކަން ބަދަލު ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު