ބޮލީވުޑްގެ ސުޕަސްޓާރ ތަރި ޝާހުރުކް ޚާންގެ ފިލްމު "ޕަތާން" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ "ޕަތާން 2" ގެ ސްކްރިޕްޓު މިހާރު ލިޔެ ނިމިފައިވާ ކަމަށާއި، އަންނަ އަހަރު ކުރީ ކޮޅު މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
ޕަތާންގެ ސްކްރިޕްޓު ލިޔުމުގެ މަސައްކަތް ފަށާފައިވަނީ 2023 ގައެވެ. އެ ސްކްރިޕްޓު ތައްޔާރު ކުރުމަށް އެހާ ގިނަ ދުވަސް ނަގާފައިވަނީ މި ފިލްމުގެ ވާހަކައިގައި މުޅި ވައިއާރްއެފް ސްޕައި ޔުނިވާސްގެ ކުރިއަށް އޮތް ފިލްމުތަކުގައި ދިމާވާ ތަފާތު އެކި މައްސަލަތަކާ ގުޅޭ ކަންތައްތަކެއް ހިމެނޭތީ ކަމަަށް ރިޕޯޓުތަކުގައި ވެއެވެ.
ސިދާތު އާނަންދުގެ ބިޒީ ޝެޑިއުލްގެ ސަބަބުން ޕަތާން 2 ޑައިރެކްޓު ނުކުރެވޭތީ، މި ފިލްމު ޑައިރެކްޓު ކުރާނެ ފަރާތެއް މިހާރު ހޯދަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ޕަތާން 2 ގެ ލީޑުންވެސް ޝާހުރުކް އާއެކު ދިޕިކާ ފެންނާނެ ކަމަށާއި، ޝާހުރުކްގެ ފިލްމު "ކިންގު" ގެ ޝޫޓުތައް ނިމުމާއެކު މި ފިލްމުގެ މަސައްކަތް ފަށާނެ ކަމަަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު