އައިކިއު އަކީ މީހެއްގެ ބުއްދީގެ ފެންވަރު ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑެކެވެ. އައިކިއު ސްކޯރ އަކީ މީހެއްގެ ބުއްދީގެ ފެންވަރު ދައްކުވައިދޭ އަދަދެކެވެ. އެވްރެޖް އައިކިއު ސްކޯރ އަކީ 100 އެވެ. އައިކިއު ސްކޯރ 130 އަށްވުރެ މަތިވެއްޖެނަމަ އެ މީހަކީ ވަރަށް ބުއްދިވެރި މީހެއްކަމުގައި ބެލެވެއެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިނާއި މިނަރަލްތައް ނުލިބޭނަމަ އޭގެ ސަބަބުން މީހާގެ އައިކިއު ލެވެލްތައް ދައްވާކަމަށް ދިރާސާތަކުން ދައްކައެވެ. ތިރީގައި މިވާ މާއްދާތައް ހަށިގަނޑުގައި މަދުވާނަމަ، އޭގެ ސަބަބުން މީހާގެ އައިކިއު ލެވެލް ދައްވެއެވެ.
ވިޓަމިން ބީ12
މި ވިޓަމިން ދަށްވުމުން ސިކުނޑީގެ މަސައްކަތް ދަށްވެ، ހަނދާން ބަލިކަށިވެ، ކަންކަން ދެނެގަތުމުގެ ގާބިލުކަން ދަށްވެއެވެ. ވީމާ ހަށިގަނޑަށް ބޭނުންވާ ވަރަށް މި މާއްދާ އެތެރެ ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. ވިޓަމިން ބީ12 ގިނައިން ހުންނަ ކާނާގެ ތެރޭގައި ބިސް، މަސް، ކުކުޅު، އަދި ކިރު ހިމެނެއެވެ.
އަޔަން
އަޔަން ދައްވުމުން ވިސްނުން ބަލިކަށިވެ، ސަމާލުކަން ދިނުމުގެ ގާބިލުކަން ދަށްވެއެވެ. މި މާއްދާ މަދުވާނަމަ އޭގެ ސަބަބުން މީހާ މާ ބޮޑަށް ވަރުބަލިވެ އެނީމިއާ ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. ވީމާ ހަށިގަނޑަށް ބޭނުންވާ އަޔަން ލިބިނުމުގައި އެހީވެދޭފަދަ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. އަޔަން ގިނައިން ހުންނަ ކާނާގެ ތެރޭގައި މަސް، ސްޕިނެޗް، އަދި މުގު ހިމެނެއެވެ.
ޒިންކު
ޒިންކަކީ ސިކުނޑީގެ މަސައްކަތަކާއި ނިއުރޯ ޓްރާންސްމިޓަރުތަކުގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު މާއްދާއެކެވެ. ޒިންކު މަދުވާނަމަ އޭގެ ސަބަބުން ހަނދާން ދެރަވެ، ކޮގްނިޓިވް މަސައްކަތްތަކަށް ބުރޫ އަރައެވެ. ވީމާ ޒިންކު ހިމެނޭ އެއްޗެހި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. ޒިންކު ގިނައިން ހުންނަ ކާނާގެ ތެރޭގައި މަސް، ޝެލްފިޝް، ޑެއިރީ އަދި ނަޓްސް ހިމެނެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު