މަޖިލީހުގެ މެންބަރުން
މަޖިލީހުގެ މެންބަރުން
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހަށް އިއްޔެ ހުށައެޅި މިބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ފާސްކޮށް، މިއަދުވަނީ ވޯޓަށް އަހާފައެވެ. މި ބިލަށް ވޯޓަށް އަހާފައިވަނީ ވަކިވަކިން މެންބަރުންގެ ގާތުގައި އަހައިގެންނެވެ.

އެގޮތަށް ނެގި ވޯޓުގައި ބިލު ފާސްކުރަން ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

އެ ބިލަށް، ޖުޑީޝަރީ ކޮމިޓީގައި ވޯޓަށް އެހުމުން ވަކިކޮޅަކަށް ވޯޓު ނުދެއްވި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމްވެސް، ތަޅުމުގައި ވޯޓު ދެއްވީ ބިލު ފާސްކުރުމަށެވެ.

މަޖިލީހުން ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރުމަށް ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުން ގެންދަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން