ނަން އިއްވާ އެމްޑީޕީގެ ތިން މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖުކުރައްވަމުން ގެންދެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަަދަދު މަދުކުރަން ހުށަހަޅާފައިވާ ބިލު ފާސްކުރަން އުޅޭތީ އެކަމާ ދެކޮޅަށެވެ.
އިއްޔެ އެ ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ނިންމައި ކޮމިޓީން ވެސް ވަނީ ބިލު ފާސްކޮށްފަ އެވެ.
ރޭ ކޮމިޓީން ބިލު ފާސްކުރި އިރު މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެގޮތުން ވަކިކުރަން ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތުވެސް ނުލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮމިޓީގެ ނިންމުން ގާނޫނު އަސާސީއާ ވެސް ތައާރަޒުވާކަމަށް ފިލްޒާ ލަފާ ދެއްވި ނަމަވެސް ފިލްޒާގެ ލަފަޔަށް ވޯޓަކަށް ވެސް ނާހަ އެވެ.
އެހެންވެ އެ މައްސަލަތަކާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ދިޔައީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލީހުގެ އިދާރީ މޭޒުކައިރިއަށް އައިސް އަޑުގަދަވެސް ކުރައްވަމުން ނެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ވިދާޅުވީ މަޖިލީހުގެ ނިޒާމު ހަލާކުކޮށްލުމަށްޓަކައި މަޖިލީހުގެ އިދާރީ މޭޒުކައިރިއަށް އައިސް ސިސްޓަމްތަކުގެ ވާގަނޑުތައް އުފުރާލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
މިއަދުގެ ޖަލްސާގައި ނަން އިއްވައި ނެރުނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.

ކިޔުންތެރިންގެ ހިޔާލު