ސުޕްރީމް ކޯޓުގެ ބެންޗް
ސުޕްރީމް ކޯޓުގެ ބެންޗް
ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. މި 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާއިރު މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް މިއަދު ހެނދުނު 11:00 އަށް އޮތީ ތާވަލުކޮށްފައެވެ.

މި ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީން ރަސްމީކޮށް މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން އިއްޔެ ހުށައެޅި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ސުޕްރީމްކޯޓުގެ 3 ފަނޑިޔާރުން މިއަދު ސަސްޕެންޑް ކޮށްފައިވާއިރު ސުޕްރީމް ކޯޓުން ގެންދަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަވެސް ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން