ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފަށާފައިވާ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިބީދައިން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރި ކުރަށްވައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު އަހައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ހާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށެވެ.

“ލާމަރުކަޒީ ނިޒާމަށް ޙަޤީޤީ ބާރުވެރިކަން ދިނުމަށް އަޅުގަނޑު ފެށި މަސައްކަތް ހުއްޓުމެއްނެތި އިންޝާالله ދާނީ ކުރިޔަށް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.



ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ގެންދަވަނީ ރަށްރަށަށް ދަތުރު ކުރަށްވައި ކައުންސިލްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އޮޅުން ފިލުއްވަމުންނެވެ.

ހަމައެއާއެކު ލާމަރުކަޒި ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ހާއްސަގޮތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކައުންސިލްތަކަށް ފަހިކޮށް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން