ރާއްޖެއަށް ކުރިއެރުމެއް އޮތީ ހެޔޮވެރިކަމެއް ކޮށްގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް ގާނޫނަށް ގެނައި އިސްލާހާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ އަނިޔާވެރި ހުދުމުހުތާރު ވެރިކަމެއް ކުރަން މި ގައުމަކީ ގުދުރަތީ މައުދަންތަކެއް ހުރި ގައުމެއް ނޫން ކަމަށެވެ.
"މިއީ ބެލަރުސް އެއް ނޫން، ރަޝިއާއެއް ނޫން ހިތުހުރި ގޮތަކަށް ހުދުމުހުތާރު ވެރިކަމެއްކުރަން. މި ގައުމަކު ތެޔޮ ނޫނީ އެހެން މައުދަނެއްވެސް ނެތް އެކްސްޕޯޓު ކުރަން." އަމީރު ވިދާޅުވިއެވެ.
އަދި ސަރުކާރުން މިހާރު ކަންތައް ކުރަމުންދާ ގޮތުން ރާއްޖެއަށް އިންވެސްޓު ކުރަން ތިބި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށާއި، އަދި އިންވެސްޓު ކުރަން ޖެހިލުން ވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ޕްރޮޖެކްޓުތައް ހިންގަންށާއި ދަރަނި ދައްކަން ސަރުކާރަށް ހެޔޮ އަގުގައި ފައިސާ ބޭނުންވާނެ ކަމަށާއި، މިހާރުވެސް ރާއްޖޭގައި ފަތުރުވެރިކަން ފިޔަވައި ގިނަ އިގްތިސާދީ ދާއިރާތައް ހުރީ ހުއްޓިފައި ކަމަށެވެ.
"ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދޭ، ގިނަ ކުންފުނިތައް ހުރީ ބަނގުރޫޓުވާ ހާލަތުގައި." އަމީރު ވިދާޅުވިއެވެ.
އަދި މިހާރު ރާއްޖެއަށް ބޭރުން ފައިސާ ހޯދޭނެ މަގުތައްވެސް ދަނީ ބަންދުވަމުން ކަމަށާއި، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިއަށް އޮތީ ދަތި ދުވަސްތަކެއް ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.
އަމީރު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލު ކުރުމަށް ޕީއެންސީއިން ހުށަހަޅާފައިވާ ބިލް މަޖިލީހުން މިއަދު ފާސްކޮށްފައިވަނިކޮށެވެ. މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ.
ކުންފުނިތަކަށް ފައިސާ ނުދައްކާތީ ކުންފުނިތައް ބަނގުރޫޓް ވަމުން ދާކަމަށް އަމީރު ވިދާޅުވެފައި ވާއިރު އަމީރުގެ މާލީ ވަޒީރު ކަމުގައި ކުންފުނިތަކަށް ފައިސާ ނުދައްކައިގެން ގިނަ ކުންފުނިތަކަކުން ވަނީ އިހުތިޖާޖުކޮށް ޝަރީއަތަށްވެސް މައްސަލަތައް ހުށައަޅާފައެވެ. އަދި އެފަދަ ގިނަ ބިލުތަކަށް ފައިސާ ދައްކާފައިވަނީ ވެސް މިހާރުގެ ސަރުކާރުންނެވެ.

މިއީ ބެލަރުސް އެއް ނޫން، މިއީ ރަޝިޔާ އެއް ނޫން ހިތުހުރި ގޮތަކަށް އަނިޔާވެރި ޚުދުމުހުތާރު ވެރިކަމެއްކުރަން. މި ޤައުމަކު ތެޔޮ ނޫނީ އެހެން މައުދަނެއްވެސް ނެތް އެކްސްޕޯޓްކުރަން. ރާއްޖެއަށް ކުރިއެރުމެއް އޮތީ ހެޔޮވެރިކަމެއް ކޮށްގެން. ސަރުކާރުގެ މިހާރު އަމާޒު ހުރި ގޮތުން ރާއްޖެއަށް…
— Ibrahim Ameer 🇵🇸 (@iameeru) February 26, 2025
އަމީރު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލު ކުރުމަށް ޕީއެންސީއިން ހުށަހަޅާފައިވާ ބިލް މަޖިލީހުން މިއަދު ފާސްކޮށްފައިވަނިކޮށެވެ. މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ.
ކުންފުނިތަކަށް ފައިސާ ނުދައްކާތީ ކުންފުނިތައް ބަނގުރޫޓް ވަމުން ދާކަމަށް އަމީރު ވިދާޅުވެފައި ވާއިރު އަމީރުގެ މާލީ ވަޒީރު ކަމުގައި ކުންފުނިތަކަށް ފައިސާ ނުދައްކައިގެން ގިނަ ކުންފުނިތަކަކުން ވަނީ އިހުތިޖާޖުކޮށް ޝަރީއަތަށްވެސް މައްސަލަތައް ހުށައަޅާފައެވެ. އަދި އެފަދަ ގިނަ ބިލުތަކަށް ފައިސާ ދައްކާފައިވަނީ ވެސް މިހާރުގެ ސަރުކާރުންނެވެ.
ކިޔުންތެރިންގެ ހިޔާލު