ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދާރާއަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން މަގުބައްތި ހަދިޔާ ކޮށްފިއެވެ.
އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އާރުޑީސީން ބުނީ ގދ. ގައްދޫގެ އާންމު ސަރަހައްދުތައް ދިއްލުމަށް އެ ކޯޕަރޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން މަގުބައްތި ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ގައްދޫ ކައުންސިލަށް މަގު ބައްތި ހަދިޔާ ކޮށްފައިވާއިރު އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރަމުން ދަނީ އާރުޑީސީންނެވެ.
އެގޮތުން މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އާރުޑީސީން ޖެނުއަރީ މަހު ބުނެފައިވަނީ މި މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް އޭރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން މަގު ކޮނެގެން ކުރަން ޖެހޭ މަސައްކަތްތައް (ކޭބަލް ޖަންކްޝަންތަކާއި ސްޓޯރމް ވޯޓާރ ނެޓްވޯކު) ނިމިފައިވާ ކަމަށާއި، ޕަންޕް ސްޓޭޝަންތަކާއި، ޕަންޕް ސްޓޭޝަންތަކުގެ އައުޓްފްލޯ ހޮޅިތަކުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.
އަދި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށް ދަނީ ތާރު އެޅުންހުރި މަސައްކަތްތައް ކަމަށްވެސް އާރުޑީސީ ބުނެފައި ވެއެވެ.
މި މަޝްރޫއުއަކީ ދެއަހަރުތެރޭ ނިންމާ ގޮތަށް އާރްޑީސީއާ ހަވާލު ކުރެވުނު މަޝްރޫއެކެވެ.

ގދ. ގައްދޫގެ އާންމު ސަރަހައްދުތައް ދިއްލުމަށް މި ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަޝުން މަގުބައްތި ވަނީ ހަދިޔާ ކުރެވިފައި.#TeamRDC pic.twitter.com/eTWUVWh7JU
— Road Development Corporation Ltd (@rdcmaldives) February 26, 2025
ގައްދޫ ކައުންސިލަށް މަގު ބައްތި ހަދިޔާ ކޮށްފައިވާއިރު އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރަމުން ދަނީ އާރުޑީސީންނެވެ.
އެގޮތުން މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އާރުޑީސީން ޖެނުއަރީ މަހު ބުނެފައިވަނީ މި މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް އޭރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން މަގު ކޮނެގެން ކުރަން ޖެހޭ މަސައްކަތްތައް (ކޭބަލް ޖަންކްޝަންތަކާއި ސްޓޯރމް ވޯޓާރ ނެޓްވޯކު) ނިމިފައިވާ ކަމަށާއި، ޕަންޕް ސްޓޭޝަންތަކާއި، ޕަންޕް ސްޓޭޝަންތަކުގެ އައުޓްފްލޯ ހޮޅިތަކުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.
އަދި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށް ދަނީ ތާރު އެޅުންހުރި މަސައްކަތްތައް ކަމަށްވެސް އާރުޑީސީ ބުނެފައި ވެއެވެ.
މި މަޝްރޫއުއަކީ ދެއަހަރުތެރޭ ނިންމާ ގޮތަށް އާރްޑީސީއާ ހަވާލު ކުރެވުނު މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު