ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ހެޔޮވެރިކަން ކުރާނެ ގޮތް ސަރުކާރަށް ކިޔާދޭން އުޅޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރީގެ ފިނޭންސް މިނިސްޓަރަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ސުޖާ އަމީރަށް މިފަދަ ރައްދެއް ދެއްވީ ރާއްޖެއަށް ކުރިއެރުން ލިބޭނީ ހެޔޮވެރިކަމެއް ކޮށްގެން ކަމަށް އަމީރު ވިދާޅުވުމުންނެވެ.

އެކްސްގައި ކުރެއްވި އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުން ހެޔޮވެރިކަމޭ ކިޔާއިރު، ކުރީ ސަރުކާރުގެ ހެޔޮވެރިކަމުގެ ފޮތް ހުޅުވިއިރު ފެންނަން އޮތީ ދަރަނިވެރިކަމާއި، ފައިސާ ޗާޕު ކަމަށާއި، އެގޮތަށް މި ސަރުކާރަކުން ކަންތައް ނުކުރާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީ ސަރުކާރު ވެރިކަމުން ފައިބައިގެންދިޔައިރު އެސްއޯއީތައް އޮތީ ބޮޑު ތަނުން ދަރަނިވެރި ވެފައި ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކަންތައް ހައްލުކޮށް ސުލްހަ ގާއިމް ކުރަން ކަމަަށެވެ.

އަދި އެމްޑީޕީއިން ގައުމު ދަރަނިވެރި ކޮށްގެން ކޮށްފައިވަނީ ހެޔޮ ވެރިކަންތޯ ސުވާލު ކުރައްވަމުން ޝުޖާއު ވިދާޅުވީ ސަރުކާރުން އެކަންތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާނީ އެމްޑީޕީ ބޭފުޅުންނަށް އެކަން ހަޖަމު ކުރަން އުނދަގޫ ވެގެން އުޅެނީ ކަމަށެވެ.



ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްޓަކައި ގާނޫނަށް އިސްލާހެއް ގެނައުމަށް ޕީއެންސީގެ ފަރާތުން ހުށަހެޅުއްވި ބިލް މިއަދު ފާސްކޮށްފައިވާއިރު މިއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.

މީގެ އިތުރުން މިއަދުގެ ވަގުތެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުވެސް ކޮށްފައެވެ. މިމައްސަލަވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން