އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުޅިން އަލަށް ބާއްވަން ފެށި ނޫރުލް އަޛާން، ބަންގި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފް ޙާސިލްކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލް ރައުންޑް ބާއްވާފައިވަނީ މިރެއެވެ. މި ރައުންޑުގައި 6 ބައިވެރިއަކު ވާދަކުރިއިރު، ބައިވެރިންނަށް ހަވާލުކުރެވުނު މަސައްކަތަކީ ޙިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދިނުމެވެ.
މުބާރާތުގެ އެއްވަނަ ޙާޞިލްކުރި ސުލައިމް މުޙައްމަދު ލަޠީފަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމުތަކެއްގެ ގޮތުގައި 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެ ނޫންވެސް ހާއްސަ އިނާމެއްވެސް ވަނީ ދީފައެވެ. މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި މުބާރާތުގެ ދެވަނަ ޙާސިލްކުރީ ޙަމްޒާ ބިން ހަސަންއެވެ. އަދި ތިންވަނަ ހާސިލްކޮށްފައިވަނީ މުޙައްމަދު ހަނޫން ހުސައިންއެވެ. ހަތަރުވަނަ ހަނީޒް ހަނީފަށް ލިބުނުއިރު ފަސް ވަނަ ލިބިފައިވަނީ އިސްމާޢިލް އިފްރާޙް އިބްރާހިމް އަލީއަށެވެ. އަދި ހަވަނަ ލިބިފައިވަނީ މާޠިޢު އަޙްމަދު ނާޒިމަށެވެ. މި ހުރިހާ ބައިވެރިންނަށް ވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމާއި ހާއްސަ އިނާމުތަކެއް ދީފައެވެ.
މި މުބާރާތަކީ ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި، ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫޙު އާލާކުރުމާއި، ދިރުވުމާއި، ކުރިއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅޭ މީހުންގެ އަގުވަޒަންކުރުމާއި މާލެ ސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމަށް ބާއްވާ މުބާރާތެއްކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
މި މުބާރާތުން ވަނަތަކަށް ދިޔަ ދަރިވަރުންނަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު