ޕީއެންސީން ނެރުނު ވިޕްލައިނާ ހިލާފުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާނާ ދެކޮަޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް ވޯޓަށް އެހި ވަގުތު އަޒާން އެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ޕީއެންސީގެ މެދު ދާއިރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޒާން މަޖިލީހަށް ހޮވިފައިވަނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވައިގެން ކަމަށާއި، އަޒާން އަށް މެމްބަރުކަން ލިބިފައިވަނީ ޕީއެންސީގެ ބުރަ މަސައްކަތުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޕާޓީން ވިޕެއް ނެރެފައިވަނިކޮށް އެއާ ހިލާފުވެ، ވޯޓު ނުދިނުމަކީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް އަޒާން ވިދާޅުވިނަމަވެސް އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއްގައި އޭނާ މަޝްވަރާކޮށްފައި ނުވާ ކަމަަށެވެ.
އަދި ޕާޓީން ނެރޭ ވިޕްތަކާ ހިލާފުވެ، މިފަދަ އަމަލުތައް ތަކުރާރު ނުކުރެއްވުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މި ބަޔާނުގައި ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ އަށް މެމްބަރުން ސޮއި ކުރައްވާފައި ވެއެވެ.
އަޒާން އިއްޔެ ވިދާޅުވީ އަދިވެސް ދެމިހުންނެވީ ސަރުކާރާއި އެކުގައި ކަމަށާއި، ސުޕްރީމު ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓު ނުދެއްވީ އެބިލަށް ހުށައަޅާފައިވާ އިސްލާޙް ޤާނޫނު އަސާސީއާ ހިލާފު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
އަދި އެ ބިލަކީ ޤާނޫނު އަސާސީއާ ހިލާފު ބިލަކަށް ވުމުން، އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް އަޒާން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު