މިއަދު އިއުލާނު ކުރެވިގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ފުލެޓް ލިސްޓު އެކުލަވާލުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ޒައްރެއްގެ މިންވަރަށް ވެސް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރުން ތަރައްގީކުރި އިއްޒުއްދީން ފާލަން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އެކި ދުވަސްތަކުގައި އެކި ސަރުކާރުތަކުން ހިންގި ހައުސިންގ މަޝްރޫއުތަކުގެ ކަންކަން ހިނގާފައިވާގޮތް، އެކަމުގައި ޖޫނިއަރ މުވައްޒަފެއްގެ ގޮތުގައި އުޅުއްވިއިރު ވެސް އެނގިވަޑައިގެންފައި އޮންނަކަމަށެވެ. އޭރުވެސް ކޮންމެވެސް ބައެއްގެ ނުފޫޒުތައް އެކަންކަމަށް ފޯރާކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، މި ފަހަރު ތައްޔާރުކުރި ފުލެޓް ލިސްޓަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ޒައްރެއްގެ މިންވަރަށް ވެސް ނޯންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.
އަދި މިއީ އެއްވެސް ނުފޫޒެއް ނެތި އިއުލާނު ކުރި ފުރަތަމަ ފުލެޓް ލިސްޓްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ފުލެޓް ލިސްޓް އެކުލަވާލުމުގައި ބަލާފައިވާނީ ކުރީ ސަރުކާރުން އާންމުކޮށްފައިވާ އުސޫލުތަކަށާއި އޭސީސީން ފާހަގަ ކުރި މައްސަލަތަކަށް ކަމަށެވެ. އެއަށްފަހު ފުލެޓް ހައްގުވެރިންގެ ލިސްޓް މިހާރު އާންމުކުރެވިފައިވާއިރު، އެއްވެސް ފަރާތެއް ގަސްދުގައި އުނިކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް މިވަގުތު ދެއްވާ އެންމެ ބޮޑު ޔަގީންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވިދާޅުވިގޮތަށް އެއްވެސް ފަރާތަކަށް ލިބެންއޮތް ފުލެޓެއް އަތުނުލައްވާނެކަމަށާއި އަދިވެސް ހުންނެވީ އެ ވައުދުގެ މަތީގައި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިފަހަރު އާންމުކުރި ލިސްޓްގައި ނުހިމެނޭ ފަރާތްތަކުން ވެސް ޝަކުވާއެއް އޮތްނަމަ ހަމަޖެހިލައްވައިގެން އެ ޝަކުވާއެއް ހުށަހަޅުއްވަމުން ގެންދެވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު