މަރްޔަމް ނަހްދާ ވަޙީދު   28 ފެބްރުއަރީ 2025 - 3:17
"ޑޮން 3" ގެ ލީޑުން ފެންނާނީ ރަންވީރު ސިންގު- ގޫގުލް އިމޭޖެސް
"ޑޮން 3" ގެ ލީޑުން ފެންނާނީ ރަންވީރު ސިންގު- ގޫގުލް އިމޭޖެސް
"ޑޮން 3" ގެ ޝޫޓުތައް މިއަހަރު ފަށާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަހްތަރު ބުނެފިއެވެ.

ދާދި ފަހުން އިންޑިއާ ޓުޑޭއި އަށް ދިން އިންޓަވިއުއެއްގައު ފަރުހާން ބުނެފައިވަނީ ޕްރީ ޕްރޮޑަކްޝަން މަރުހަލާގައި ކުޑަކޮށް ލަސްތަކެއް ވި ނަމަވެސް، މިއަހަރުތެރޭ މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ.

މި ފިލްމު ފުރަތަމަ އެނައުންސް ކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މި ފިލްމުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަމުން އޭރު ބުނެފައިވަނީ "ޑޮން" ފްރެންޗައިސްގެ އާ މޫނަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގު ކަމަށެވެ.

ރަންވީރު އާއި ފިލްމުގެ ޕްރޮޑިއުސަރުންވެސް ތިބީ ވަގުތު ހުސްކޮށްގެން މި ފިލްމަށްޓަކައި ތައްޔާރު ވެގެން ކަމަށާއި، އިތުރަށް ފިލްމުގެ މަސައްކަތް ލަސް ނުވާނެ ކަމަށްވެސް ފަރުހާން ވަނީ ބުނެފައެވެ.

ރަންވީރު އެންމެ ފަހުން ފެނިފައިވަނީ ރޯހިތު ޝެޓީގެ "ސިންގަމް އަގެއިން" އިންނެވެ. އަދި ފަހްރާން މިހާރު ތައްޔާރު ވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސުޕަބޯއިސް އޮފް މެލަގާއޯނ" ނެރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން