ބޮލީވުޑްގެ މަޝްހޫރު ތަރި އަބިޝެކް ބައްޗަންގެ ފިލްމު "ބީ ހެޕީ" އަންނަ މާޗު މަހު ޕްރައިމް ވީޑިއޯސްގަައި އަޅުވާނެ ކަމަށް މީޑިއާގަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ފިލްމު ޕްރައިމް ވީޑިއޯގައި އަޅުވަން ފަށާނީ އަންނަ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ. މި ފިލްމަކީ މަޝްހޫރު ކޮރިއަގްރަފަރ އަދި ޑިރެކްޓަރ ރެމޯ ޑި ސޫޒާ އުފައްދާފައިވާ ފިލްމެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އެކަނިވެރި ބައްޕައަކާއި އޭނާގެ ދަރިފުޅުގެ މައްޗަށެވެ. އެގޮތުން ދަރިފުޅުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ބައްޕަ ކުރާ މަސައްކަތް މި ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ފިލްމުގައި އަބިޝޭކް އާއެކު ލީޑުން ފެންނާނީ އިނާޔާތު ވަރްމާ އާއި ނޯރާ ފަތޭހީ އެވެ. މީގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނައްސަރް، ޖޯނީ ލެވާ އަދި ހަރްލީން ސެތީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހިންދީގެ އިތުރުން ތަމަޅަ، ތެލަގޫ، މަލަޔާލަމް އަދި ކައްނަޑާ ބަހުރުވައިން މި ފިލްމު ފެންނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު