ގިނަ މީހުންނަކަށް އެމީހުންނަކީ "ޓޮކްސިކް" މީހުން ކަމެއް ނޭނގެއެވެ. އެފަދަ މީހުންގެ އަމަލުތަކާއި ވާހަކަތަކުގެ ސަބަބުން އެހެންމީހުންނަށް ގެއްލުން ލިބޭކަމެއް އެފަދަ މީހުންނަކަށް ނޭނގެއެވެ. އެމީހުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާކަމެއްވެސް ގިނަފަހަރު އެމީހުންނަށް ރޭކާ ނުލައެވެ.
އެގޮތުން މިފަހަރު މި ހިމަނާލަނީ ތިމާއަކީ "ޓޮކްސިކު" މީހެއް ނަމަ ތިމާގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކެވެ.
އަބަދުވެސް އެހެން މީހުން ކުށްވެރިކުރުން
ތިމާއަކީ "ޓޮކްސިކު" މީހެއް ނަމަ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ކުށްވެރިކުރާނީ އެހެން މީހުންނެވެ. މިސާލަކަށް ވަޒީފާގެ ކުރިއެރުން ނުލިބެނީ އަބަދުވެސް ތަނުގެ ވެރިންގެ ސަބަބުންނޭވެސް ގަބޫލު ކުރެވޭ ފަހަރު އާދެއެވެ. ނުވަތަ ބައިވެރިޔާ އާއެކު އޮންނަ ގުޅުން ރަނގަޅު ނުވަނީ އަބަދުވެސް ބައިވެރިޔާގެ ސަބަބުންނޭ ގަބޫލު ކުރެވޭ ފަހަރު އާދެއެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެހެން މީހުން ކުށްވެރިކޮށް އަމިއްލަ އަމަލުތަކުގެ ޒިންމާ ނަގަން ގިނަފަހަރަށް ނޭނގެއެވެ.
އެހެންމީހުންނަށް ލިބޭ ކާމިޔާބީތަކާ މެދު ހަސަދަވެރިވުން
ތިމާއަކީ އަމިއްލަ އާއިލާގެ މީހުންނާއި ރައްޓެހިންނަށް ލިބޭ ކާމިޔާބީތަކާމެދު ހަސަދަވެރިވާ މީހެއްނަމަ، މިއީ ހަމަގައިމުވެސް "ޓޮކްސިކް" މީހެއްކަން އަންގައިދޭނެ ސިފައެކެވެ. އެގޮތުން ބަލާއިރު އެހެން މީހުން ކާމިޔާބުވާ ކޮންމެ ފަހަރަކު ތިބާ އެކަމާ ނުރުހުންވެ، އެމީހުންނާ ވާދައަށް ކަންކަން ކުރަން މަސައްކަތްވެސް ކުރެއެވެ. މި ސިފަ ތިބާގެ ކިބައިގައި ހުންނަނަމަ ތިއީ މިބުނާފަދަ "ޓޮކްސިކް" މީހެކެވެ.
ދޮގުހެދުން
ތިމާއަކީ އަބަދުވެސް ހުރިހާ ކަމެއްގައިވެސް ދޮގުހަދާ މީހެއް ނަމަ ތިމާއަކީ "ޓޮކްސިކު" މީހެކެވެ. ކުދިކުދި ކަންކަމުގައި ދޮގުހަދައި، އެ ދޮގުތަކުގެ ސަބަބުން އެހެން މީހުންނަށް އެކިގޮތްގޮތުން އަސަރު ކުރާ ފަހަރު އަންނާނެއެވެ. ނަމަވެސް ތިމާއަކީ ޓޮކްސިކް މީހެއްނަމަ ތިމާއަކަށް އެކަން އިހުސާސްވެސް ނުކުރެވޭނެއެވެ.
ވީމާ މިއިން އެއްވެސް ސިފައެއް އަމިއްލަ ނަފްސުގެ ފަރާތުން ފާހަގަ ވާނަމަ، އަވަހަށް އެކަން ރަނގަޅުކޮށްލައި، ޓޮކްސިކް މީހަކަށް ވުމުގެ ބަދަލުގައި، އަބަދުވެސް އެންމެން ބަލައިގަންނަ އޯގާތެރި މީހަކަށް ވުމަށް މަސައްކަތްކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު