ނަމާދަށް ހުއްޓާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މީސް މީޑިޔާގައި މިހާރު ދައުރުވެފައިވާ ވީޑިއޯގައި ފެންނަނީ މެލޭޝިއާގެ ސެލަންގޯރުގެ ބަޓަންގް ކާލީގެ މިސްކިތެއްގައި ނަމާދުކުރަން ހުރި ކުޑަ އަންހެން ކުއްޖަކު ’ކިޑްނެޕް‘ ކޮށްގެން ގެންދާ މަންޒަރެވެ. މި ހާދިސާގައި ކުޑަ އަންހެން ކުއްޖާ ކިޑްނެޕް ކޮށްގެން ގެންދިޔައީ ފިރިހެނެކެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ފެބްރުއަރީ 21 ވަނަ ދުވަހު ކަމަށާއި ޝައްކު ކުރެވޭ މީހާ މިހާރު ހައްޔަރުކޮށް ހާދިސާ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ.
ލޯކަލް ޕޮލިސް ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ފައިޒަލް ތަހުރީމް ވިދާޅުވީ މި ހާދިސާގައި ޝައްކުވާ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އަދި ހަތް ދުވަސް ވަންދެން އޭނާ ބަންދުގައި ބަހައްޓާފައިވާ ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި ހައްޔަރު ކުރެވުނީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ނަމަވެސް ފުލުހުންނާ ހަވާލަދީ ލޯކަލް މީޑިއާތަކަށް ބުނީ މިކަން އެނގިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު