ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގެ ހުޅަނގުގެ ބައެއް ހިސާބުތަކުގައި ފާއިތުވި ހަފްތާތަކުގައި ނުރައްކާތެރި ވައިރަލް ބައްޔެއް ފެތުރި ގިނަ ބަޔަކު މަރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ކޮންގޯގައި ފެތުރެމުންދާ ބަލީގެ ސަބަބުން މިހާތަނަށް 53 މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި މި ބަލީގެ ނުރައްކާތެރިކަން ބޮޑުވަނީ ބަލި ޖެހުނުކަން އެނގޭ ހިސާބުން ގާތްގަނޑަކަށް އެންމެ 48 ގަޑިއިރުގެ ތެރޭގައި މީހާގެ ފުރާނަ އަށް ގެއްލުންވާތީ އެވެ. އަދި ކްލިނިޝަނުންވެސް ދަނީ މިކަމާ ކަންބޮޑުވެ ބަލީގެ އަލާމާތްތައް ފެންނަން ފަށާއިރަށް ސިއްހީ އޮފިޝަލުންނަށް ދެއްކުމަށް އިލްތިމާސްކުރަމުންނެވެ.

މިއީ މާބަރގް އާއި އެމްޕޮކްސް ބަލިތަކާއި އެހެނިހެން ބަލިތައް ފެތުރިގެން ދިއުމާ ގުޅިގެން ފާއިތުވި އަހަރު އިރުމަތީ އެފްރިކާގެ ސަރަހައްދަށް ފެތުރިފައިވާ އެންމެ ފަހުގެ ވައިރަލް ބަލިމަޑުކަމެވެ.

ޚާއްސަކޮށް ކޮންގޯ އަކީ ބަލިމަޑުކަން އަވަހަށް ފެތުރޭ ގައުމަކަށް ވާއިރު މި ބަލި އެގައުމުގައި ހަލުވިކަމާއެކު ހުރިހާ ހިސާބަކަށް ފެތުރިދާނެކަމުގެ ބިރުވެރިކަން މިހާރުވެސް އެބަ އޮތެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ.

ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް މި ބަލީގެ 431 ކޭސް ވަނީ ރެކޯޑް ކުރެވިފައެވެ. އަދި މިހާތަނަށް 53 މީހުން މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ (ޕީޑީއެފް) އިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރަށް މި ބަލީގައި މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ރެކޯޑްކޮށްފައިވަނީ އަލާމާތްތައް ފެށުނުތާ 48 ގަޑިއިރުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން