މިދިޔަ އަހަރު މާލޭ ސިޓީ ކައުންސިލަށް 399 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބްލޮކް ގްރާންޓްގެ ގޮތުގައި ސަރުކާރުން ދިން 189 މިލިޔަން ރުފިޔާއާއި، ވެހިކަލް ފީގެގޮތުގައި ލިބުނު، 121 މިލިޔަން ރުފިޔާއާއި އެހެނިހެން ގޮތްގޮތުން ލިބުނު، 89 މިލިޔަން ރުފިޔާއާއެކު މިދިޔަ އަހަރު 399 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ.
399 މިލިއަން ރުފިޔާގެ ތެެރެއިން ހަރަދުވީ 360 މިލިއަން ރުފިޔާ ކަމަށާއި އެއާއެކު ފައިދާގެ ގޮތުގައި 39 މިލިއަން ރުފިޔާ ކައުންސިލަށް ލިބުނު ކަމަށް ވެސް އާޒިމް ވިދާޅުވި އެެވެ.
މޭޔަރު ވިދާޅުވީ މި އަހަރު 503 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ މިދިޔަ އަހަރަށް ވުރެ 26 އިންސައްތަ އިތުރު އަދަދެކެވެ.
މޭޔަރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރަށް ވުރެ މި އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ސަރުކާރުން ދީފައިވަނީ 18 މިލިޔަން ރުފިޔާ މަދުން ނެވެ.
އެހެން ނަމަވެސް ކައުންސިލްގެ އަމާޒަކީ ލިބޭ ޢާމްދަނީން، ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ ފައިދާ ގޮތުގައި، ކައުންސިލްގެ މާލީ ހާލަތު ދެމެހެއްޓުންކަމަށް މޭޔަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު