އައްޑޫ ސިޓީގެ ރައްޔިތުންނަށް މި ސަރުކާރުން ވީ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ހިތަދޫ އާއި ހުޅުމީދޫ ދެމެދުއާ އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް ނުފެށޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފެބްރުއަރީ މަހު މީގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް ފެބްރުއަރީ މަސް ނިމި މާޗު މަސް ފެށިފައިވާއިރު އަދިވެސް މީގެ އެއްވެސް ހަބަރެއް، އިއުލާނެއްވެސް ސަރުކާރުން ނުކުރެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަޔަކު ހޯދަން އިއުލާން ކުރައްވާނޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފެބުރުއަރީ މަހުގެތެރޭގައި އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭއާއި، އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އިއުލާނު ކުރައްވާނޭ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވި ނަމަވެސް ފެބްރުއަރީ މަސް ނިމުނުއިރު ވެސް މިކަން އިއުލާން ނުކުރެވުނު ސަބަބެއްހާ މިންވަރުވެސް އެނގިފައެއް ނުވެ އެވެ.
މީގެ ކުރިން ސަރުކާރުން ބުނީ މި ބްރިޖުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. ރައްޔިތުން ވަރަށް ފޮނި އުންމީދަކާ އެކު ތިއްބާ ފަހުން ވަނީ އެ މަސައްކަތް މިއަހަރުތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.
މި ބުރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމީދު އާއި ހިތަދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު