މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް މިއަހަރުގެ ރަމަޟާންމަހު ހާއްސަ ސަމާލުކަމެއްދީގެން 5 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން އިންސްޕެކްޓަރ އޮފް ޕޮލިސް ތޮލްހަތު އަޙްމަދު ވިދާޅުވީ، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ފުލުހުން މާލޭގެ މަގުތަކުގައި ޖާގަ ހުސްކުރުމާއި އަދި ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި ނިޝާންތައް ކުރެހުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.
އަދި ހާއްސަ ސަމާލުކަމެއްދީގެން މާލޭގެ ބާޒާރުމައްޗާއި، މިސްކިތްތަކާއި، ބޮޑެތި މަގުތަކާއި ހައިވޭ އާއި ބްރިޖުގެ ޓްރެފިކް ބަލަހައްޓަމުން ގެންދަން ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ފެބްރުއަރީ 15 އިން ފެށިގެން ބާޒާރު މައްޗަށް ވަކި ޓީމެއް ކަނޑައަޅައިގެން ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމާއި، މަގުތަކާއި ޕޭމަންޓްމަތީގައި ކުނި ބަހައްޓާފައި ހުރި ފަރާތްތަކަށް ނަސޭހަތްދީފައިވާ ކަމަށެވެ. އޭގެ އިތުރުން ބާޒާރު ސަރަހައްދުގައި އުޅަނދު ޕާކުކުރުމަށް ވެސް ފުލުހުން ވަނީ ހާއްސަ ޕްލޭނެއް އެކުލަވާލާފައި ކަމަށް ތޮލްހަތު ވިދާޅުވިއެވެ.
މީގެއިތުރުން މިސްކިތަށް ވަޑައިގަންނަވާއިރު ވެސް ރަނގަޅު ޒޯނެއްގައި ޕާކުކޮށްފައި ވަޑައިގެންނެވުމަކީ މުހިންމު ކަމެއްކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ތޮލްހަތު އަޙްމަދު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު