ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ، ކިއާރާ އަދްވާނީ އާއި ސިދާތު މަލޯތުރާ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.
މި ދެ ތަރިންނަށް ދަރިއަކު ލިބޭކަން އެމީހުންގެ އޮފިޝަލް އިންސްޓަގްރާމުގައި ވަނީ ހިއްސާ ކޮށްފައެވެ. އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވަނީ އެ ދަރިފުޅަކީ އެމީހުންގެ ދިރިއުޅުމަށް އަންނަ އެންމެ އަގުހުރި ހަދިޔާ ކަމުގައެވެ.
މި ޕޯސްޓު ޝެއާ ކުރުމާއެކު ހެޔޮއެދޭ ފަރާތްތަކުން ވަނީ އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަން ތަހުނިޔާގެ މެސެޖުތަކުން ފުރާލާފައެވެ. ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރި ނަމަވެސް، ދަރިފުޅު އުފަންވާ ތާރީހެއް އަދި މި ދެ ތަރިން އިއުލާނެއް ނުކުރެއެވެ.
ކިއާރާ އާއި ސިދާތު އަކީ ބޮލީވުޑްގެ "ޕަވާ ކަޕުލް" ތަކުގެ ތެރެއިން އެއް ޖޯޑެވެ. "ޝޭރްޝާހު" ފިލްމުގައި އެ ދެ ތަރިން އެކުގައި ފެނިފައިވާއިރު، އޭގައި އެ ދެ ތަރިންގެ ކެމިސްޓްރީ ފެނި، އެތައް ބަޔަކަށް ވަނީ މި ޖޯޑު ވަރަށް ކަމު ގޮސްފައެވެ.
މި ދެ ލޯބިވެރިން ކައިވެނި ކުރީ 2023 ވަނަ އަހަރު ފެބްރުއަރީގައެވެ.

ކިޔުންތެރިންގެ ހިޔާލު