ސުނިލް ޝެޓީގެ ފިލްމު "ބޯޑާ" ގެ ސީކުއެލް އަށް ފުރުސަތު ލިބުމުން އެ ފުރުސަތު ދޫކޮށްލީ ފިލްމުގެ ޕްރޮޑިއުސަރު ރުޅިގަދަ ކަމުން ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފިއެވެ.
1997 ގައި ނެރުނު ފިލްމު "ބޯޑާ" އަށް އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު، މި ފިލްމުގައި ބޭރަވް ސިންގުގެ ރޯލު ކުޅެފައިވަނީ ސުނިލް ޝެޓީއެވެ. އެގޮތުން މި ފިލްމުގެ ސީކުއެލް އެއް އުފައްދަން އެންމެ ފުރަތަމަ ވާހަކަ ދައްކާފައި ވަނީވެސް ސުނިލް ޝެޓީއާއެވެ.
ނަމަވެސް ސުނިލް ޝެޓީ ބުނެފައިވަނީ އޭނާ އެ ރޯލު ދޫކޮށްލީ ފިލްމުގެ ޕްރޮޑިއުސަރު ޖޭޕީ ދައްތާ އާ ގުޅޭ ގޮތުން އަޑުއިވުނު ވާހަކަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދައްތާ އަކީ ވަރަށް ރުންކުރި މިޒާޖެއްގެ މީހެއް ކަމަށް މީހުން ބުނަމުންދާތީ އާއި، އެ ސަބަބާހުރެ އެ ދެމީހުންގެ މިޒާޖު ނުގުޅޭނެތީ އެ ފިލްމު ދޫކޮށްލީ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ދައްތާ ބޭނުންވީ ސީކުއެލްގެ ލީޑުވެސް އޭނާއަށް ދޭން ކަމަށާއި، އެކަމަށް ނޫނެކޭ ބުނުމުން އޭނާގެ މައިދަތަގެ އެހީއަށްވެސް އެދިފައިވާ ކަމަށެވެ. އެގޮތުން މައިދައިތައާ ވާހަކަ ދައްކައިގެން އޭނާގެ ނިންމުން ބަދަލު ކުރުވަން މަސައްކަތް ކުރި ކަމަަށްވެސް ސުނިލް ވަނީ ބުނެފައެވެ.
"ބޯޑާ" ނެރުނުތާ 29 އަހަރުފަހުން އެ ފިލްމުގެ ސީކުއެލް އެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ސީކުއެލްގެ ލީޑުން ފެނިގެންދާނީ ސަނީ ޑިއޯލް އެވެ. "ބޯޑާ 2" ގެ ކާސްޓުންގެ ތެރޭގައި ސަނީގެ އިތުރުން ވަރުން ދަވަން، ދިލްޖިތު ދޯސަންޖު އަދި އަހާން ޝެޓީވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު