މަރްޔަމް ނަހްދާ ވަޙީދު   1 މާރިޗު 2025 - 3:33
ކެބެޖު ކެއުމުން ފަސޭހަކަމާއެކު ބަރުދަން ލުއިވޭ- ފޮޓޯ: ގޫގުލް
ކެބެޖު ކެއުމުން ފަސޭހަކަމާއެކު ބަރުދަން ލުއިވޭ- ފޮޓޯ: ގޫގުލް
ބަރުދަން ލުއިކުރުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ތަފާތު އެކިކަހަލަ ޑައިޓުތައް ކޮށްގެންވެސް މިކަން ހާސިލް ކުރަން އުނދަގޫވާ މީހުން ވަރަށް ގިނައެވެ. ނަމަވެސް އަގުބޮޑެތި ޑައިޓުތައް ނުކޮށްވެސް ކެއުމުގައި ވަކިކަހަލަ ތަރުކާރީތައް ހިމެނުމުން ފަސޭހަކަމާއެކު މީހާގެ ބަރުދަން ލުއިވެއެވެ.

މިފަހަރު މި ހިމަނާލަނީ ބަރުދަން ލުއި ކުރަން އެހީވެދޭ ބައެއް ތަރުކާރީގެ ބާވަތްތަކެވެ.

ސްޕިނެޗް

ސްޕިނެޗަކީ އޭގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓުތަކާއި ފައިބާ ހިމެނޭ އެއްޗަކަށްވީއިރު، މީގައި ކެލޮރީ ހުންނަ ވަރު ވަރަށް މަދެވެ. ކެއުމުގައި ސްޕިނެޗް ހިމަނާނަމަ ހަޖަމުގެ މައްސަލަތަކުން މީހާ ދުރުވެ، މުޅި ދުވަހު ބަނޑުހައިވާވަރު ދައްވެއެވެ. އަދި އޭގެ ސަބަބުން ފަސޭހަކަމާއެކު ބަރުދަން ލުއިވެއެވެ.

ކެބެޖު

ކެބެޖަކީ ގިނަ އަދަދަކަށް ފައިބާ ހިމެނޭ އެއްޗަކަށްވީއިރު، މިއީވެސް ވަރަށް ކެލޮރީ މަދު ތަރުކާރީއެކެވެ. މި ކެއުމުން ހަށިގަނޑުގައި ހުންނަ ވިހަ އަދި ބޭކާރު މާއްދާތައް ބޭރުކޮށްދީ، ހަށިގަނޑު ޑިޓޮކްސް ކޮށްދިނުމުގައި އެހީވެދެއެވެ. އަދި އޭގެ ސަބަބުން މީހާގެ މެޓަބޮލިޒަމް ރަނގަޅުވެ، ބަރުދަން ފަސޭހައިން ލުއިވެއެވެ.

ކުދީނާ ފަތް

ކުދީނާ ފަތަކީވެސް ވަރަށް ކެލޮރީތައް މަދު ތަރުކާރީގެ ބާވަތެކެވެ. ކެއުމުގައި ކުދީނާ ފަތް ހިމެނުމުން ހަށިގަނޑުގައި ހުންނަ ސަރުބީތައް ފަސޭހަކަމާއެކު ވިރުވައިދެއެވެ. އަދި ހަޖަމުގެ މައްސަލަތަކުން މީހާ ދުރުކޮށްދީ، ބަނޑު ފުއްޕުންވެސް ހުއްޓުވައިދެއެވެ. އަދި އޭގެ ސަބަބުން ފަސޭހަކަމާއެކު ބަރުދަން ލުއިވާން އެހީވެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން