ރައީސް ޞާލިޙްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 4000 ފްލެޓަށް ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބުނު މީހުންނަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ޢާއްމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިސަރުކާރުގެ އިވެލުއޭޝަނަށްފަހު ފްލެޓް ލިބިފައިވަނީ 1820 މީހުންނަށެވެ.
މި ސަރުމާރުން ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާއިރު ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.
ޢިމާރާތް ކުރުމާއި ބޯހިޔާވަހިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ޝަކުވާ ހުށައެޅުމަށް ލިބޭ އެއްމަސްދުވަހުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ ވެސް މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލުން ޝަކުވާ ހުށަހެޅޭނެ ކަމަށް މުއްޠަލިބް ވިދާޅުވެފައިވެއެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާއިރު ކުރީ ސަރުކާރުގެ 4000 މީހުންގެ ފްލެޓް ލިސްޓްގައި ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި 3721 މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން މިސަރުކާރުގެ ލިސްޓުން ޖާގަ ލިބުނީ 1423 މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 17 އާއި 18 ބުރީގެ 32 ޓަވަރު ކުރީ ސަރުކާރުން ވަނީ އިމާރާތް ކޮށްފައެވެ. އޭގޮތުން ޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު