މާލޭގެ ބާޒާރު| ފޮޓޯ: ރަސް
މާލޭގެ ބާޒާރު| ފޮޓޯ: ރަސް
ރަމަޟާންމަހު މާލޭ ބާޒާރުމަތީގައި ކާބޯތަކެތީގެ އަގުތައް ހުރިގޮތް ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އަގުމަގު ޕޯޓަލް އިޤްތިޞާދީ ވުޒާރާއިން ރޭ އިފްތިތާޙް ކޮށްފިއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ބޭއްވި ޙަފްލާއެއްގައި އެ ޕޯޓަލް ލޯންޗުކޮށްދެއްވީ އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދެވެ. އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ 98 ބާވަތެއްގެ އެންމެ ފަހުގެ އަގުތައް ބަލައިލެވޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

އިޤްތިޞާދީ ވުޒާރާއިން ބުނީ އަގުމަގު ޕޯޓަލްގައި ހުންނާނީ ރެންޑަމް އިންސްޕެކްޝަންތަކުގައި އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިސްޓުކޮށްފައިވާ އަގުތަކެއް ކަމަށެވެ. އަދި މި ވަގުތު ޕޯޓަލްގައި ފެންނަން ހުންނާނީ މާލެ ސަރަހައްދުން އެއްކޮށްފައިވާ މަޢުލޫމާތު ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އިޤްތިޞާދީ ވުޒާރާއިން ބުނީ ރަމަޟާންމަހު އަސާސީ ކާބޯތަކެތީގެ އަގުތަށް މޮނިޓާ ކުރާނީ 3 ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެއީ ގޭބީސީތަކުގެ ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން 93 ބާވަތަކާއި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން 38 އައިޓަމަކާއި މަހުގެ ބާވަތްތަކުން 10 އައިޓަމެކެވެ.

އޭގެ ތެރެއިން 32 އައިޓަމަކީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި އިޤްތިޞާދީ ވުޒާރާއިން ވަނީ ކަނޑައަޅާފަ އެވެ.

ހަމައެއާއެކު އިޤްތިޞާދީ ވުޒާރާއިން ބުނެފައިވަނީ ޕޯޓަލްގައި އަސާސީ ބާވްތަތައް ކަނޑައަޅާފައިވާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން