"ސަނަމް ތޭރީ ކަސަމް" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެެ.
ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ ލޯބީގެ ފިލްމު "ސަނަމް ތޭރީ ކަސަމް" ގެ ސީކުއެލް އެއް އުފައްދަން ނިންމާފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ވިނޭ ސަޕްރޫ ބުނެފައިވާ ކަމަށެވެ.
އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިނޭ ބުނެފައިވަނީ މި ފިލްމަކީ ވަރަށް ހާއްސަ ފިލްމެއްކަން އަބަދުވެސް ހިތުގެ އަޑިން ގަބޫލު ކުރި ކަމަށާއި، މި ފިލްމު ލިޔުނު އިރުވެސް ދެ ބައި ނެރެން ހިޔާލު ކުރި ކަމަށެވެ. އަދި ފިލްމުގެ ދެވަނަ ބައި އެއަށް އެންމެ ރަނގަޅު ވަގުތު އައިސް ޖެހުމުން ނެރެންވެގެން މަޑުކުރީ ކަމަށްވެސް ވިނޭ ވަނީ ބުނެފައެވެ.
"ސަނަމް ތޭރީ ކަސަމް" އަލުން ސިނަމާތަކުގައި އެޅުވުމާއެކު އެއަށް ލިބުނު ތަރުހީބުގެ ސަބަބުން، މިހާރު "ސަނަމް ތޭރީ ކަސަމް 2" ނެރުމަށް ތައްޔާރު ކަމަށް ވިނޭ ވަނީ ބުނެފައެވެ. ވިނޭ އިތުރަށް ބުނެފައިވަނީ މި ފިލްމު ނެރުމަށްފަހު، ކޮންމެ އަހަރަކު ވެލެންޓައިންސް ޑޭ އާއި ދިމާކޮށް، ލޯބީގެ ފިލްމެއް ނެރޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު