ޕަރިނީތީ ޗޯޕްރާ، ގޫގުލް އިމޭޖެސް
ޕަރިނީތީ ޗޯޕްރާ، ގޫގުލް އިމޭޖެސް
އިންޑިއާގެ ފިލްމީ ދާއިރާގައި ކުރިއަރައިދާން އުނދަގޫވީ ނެޓްވޯކު ކުރަން ނޭނގުނީތީ ކަމަށް ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ ކެރިއަރާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕަރިނީފީ ބުނެފައިވަނީ އޭނާ ފިލްމީ ދާއިރާއަށް ތައާރަފްވި އިރު، "ނެޓްވޯކިން ގޭމް" އޭނާއަކަށް އެހާ ރަނގަޅަކަށް އެނގިފައި ނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ގެއްލުނު ކަމަށްވެސް ޕަރިނީތީ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިހާރު ބޮލީވުޑަށް އަަލަށް ތައާރަފްވާ ފަރާތްތަކަކީ މި އިންޑަސްޓްރީގައި ކަންހިނގާގޮތް ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކޮށްގެން މި ދާއިރާއާ ގުޅޭ މީހުން ކަމަށާއި، އެފަރާތްތަކަށް މީހުންނާ ގުޅުން ބާއްވަން ނުވަތަ ނެޓްވޯކު ކުރަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"މިހާރު އަލަށް މި އިންޑަސްޓްރީއަށް ވަންނަ ފަރާތްތަކަށް އެނގޭ ކޮންމެ ކަމެއްގައި ގުޅަން ޖެހޭ މީހުންނާ، މެެސެޖު ކުރަން ޖެހޭ މީހުންނާ، އެކުވެރިންގެ ގޮތުގައި ގެންގުޅެން ޖެހޭ މީހުން" ޕަރިނީތީ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނީ މިހާ ދުވަސްވީއިރު، މިކަންކަން އަދިވެސް އޭނާއަށް ރަނގަޅަށް ދަސްނުވާ ކަމަށާއި، އޭނާ ނާކާމިޔާބު ވާން ޖެހުނު ސަބަބަކީވެސް މިއީކަން ގަބޫލު ކުރެވޭ ކަމަށެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިފައިވަނީ އިމްތިއާޒް އަލީގެ "އަމަރް ސިންގު ޗަމްކީލާ" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެނިފައިވަނީ ދިލްޖިތު ދޯސަންޖުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން