"މެޓްރޯ އިން ޑައިނޯ" ގެ ޕޯސްޓަރެއް- ފޮޓޯ؛ ގޫގުލް
"މެޓްރޯ އިން ޑައިނޯ" ގެ ޕޯސްޓަރެއް- ފޮޓޯ؛ ގޫގުލް
ބޮލީވުޑްގެ ތަރި ސާރާ އަލީ ޚާންގެ ފިލްމު "މެޓްރޯ އިން ޑައިނޯ" މި އަހަރުތެރޭ ނެރޭނެކަމަށް ފިލްމުގެ އުފެއްދުންތެރިން ބުނެފިއެެވެ.

މި ފިލްމު ނެރޭ ދުވަސް ފަސްވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުންދާތީ އެއަށް ރައްދުދެމުން ފިލްމުގެ އުފެއްދުންތެރިން ބުނެފައިވަނީ، އެއީ ހަގީގަތެއް ނޫން ކަމަށާއި، މިއަހަރުތެރޭގައި ފިލްމު ނެރޭނެ ކަމަށެވެ.

މި ފިލްމުގެ ލީޑުން ސާރާއާއެކު ފެނިގެންދާނީ މަޝްހޫރު ތަރި އަދިއްތިޔަ ރޯއި ކަޕޫރުއެވެ. އަދިއްތިޔަ މި ފިލްމުގެ ޝޫޓިތައް ފެށީ 2023 ވަނަ އަހަރު، މުމްބާއީގައި ހުރެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމު ޑައިރެކްޓު ކުރަނީ މަޝްހޫރު ޑައިރެކްޓަރު އަނުރާގް ބާސޫއެވެ. އަދި މިއީ އަނުރާގް އާއި މިއުޒިކް ކޮމްޕޯސަރު ޕްރީތަމް އާ ދެމީހުންގެ ކޮލަބޮރޭޝަން އެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ނެރޭނެ ވަކި ދުވަހެއް އަދި ހާމަކޮށްފަައެއް ނުވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން